އިޒްރޭލުން ގާޒާއަށް ދެމުންދިޔަ ފެނާއި ކަރަންޓު ކަނޑާލައިފި

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ފެނާއި ކަރަންޓު ކަނޑާލައިފިއެވެ. މިކަން ހާމަކޮށް އިޒްރޭލުގެ އެނާޖީ މިނިސްޓަރު ބުނެފައިވަނީ އިޒްރޭލަށް ކަރަންޓު ދިނުން ހުއްޓާލުމުގެ އޯޑަރެއްގައި ސޮއިކޮށްފައިވާނެކަމަށެ...

07 Oct 2023 | 18:37

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ފެނާއި ކަރަންޓު ކަނޑާލައިފިއެވެ.

މިކަން ހާމަކޮށް އިޒްރޭލުގެ އެނާޖީ މިނިސްޓަރު ބުނެފައިވަނީ އިޒްރޭލަށް ކަރަންޓު ދިނުން ހުއްޓާލުމުގެ އޯޑަރެއްގައި ސޮއިކޮށްފައިވާނެކަމަށެވެ.

ކަރަންޓު ދިނުން ހުއްޓާލާފައިވާއިރު މިއަދު އިޒްރޭލު ސިފައިން ވަނީ ގާޒާއަށް ފެން ސަޕްލައިކުރާ ހޮޅިތައް ހަލާކުކޮށްލާފައެވެ.

މިއާއެކު އެންމެ ބޮޑަށް ގާޒާއަށް ދަތިކަން ލިބެމުން އަންނަނީ ގާޒާގެ ހޮސްޕިޓަލުތަކަށް ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލާއި ފަލަސްތީނާއި ދެމެދު ހަމަލާތައް ބަދަލުކުރެވެމުން އަންނައިރު މިހާތަނަށް އިޒްރޭލުން 200 އަދި ފަލަސްތީނުން 250 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޒަހަމްވި މީހުންގެ އަދަދު ދެ ގައުމުގައިވެސް އުޅެނީ ހާހުން މަތީގައެވެ.

މި ހަމަލާތައް ފެށުނީ ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތުން މިއަދު އިޒްރޭލަށް ދިން ކުއްލި މިސައިލު ހަމަލާތަކަކުންނެވެ. އެތައް ހާސް މިސައިލު ހަމަލާއެއް ފުލުފުލުގައި ދީ އިޒްރޭލުގެ ޑިފެންސް މެކޭނިޒަމް ފެއިލްކޮށްލިއެވެ. އަދި އެ ހަމަލާތަކުގެ ނިވަލުގައި ހަނގުރާމަވެރިން އިޒްރޭލަށް ވަޔާއި ކަނޑާއި ބިމުގެ މަގުން ވަދެގަނެ ހަމަލާތައް ދިނުމުގައި ފެތުރިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް