ނަޝީދު ވަކިކުރަން އުޅެނީ މުއިއްޒުގެ ހުވާކުރުމަށް ހުރަސްއަޅަން: އަލީ އާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ދުރުކުރަން އުޅެނީ އިންތިހާބީ ރައީސްގެ ހުވާކުރުމުގެ ކަންކަމަށް ހުރަސް އަޅަންކަމުގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. އަލީ...

07 Oct 2023 | 18:25

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ދުރުކުރަން އުޅެނީ އިންތިހާބީ ރައީސްގެ ހުވާކުރުމުގެ ކަންކަމަށް ހުރަސް އަޅަންކަމުގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިހެން ވިދާޅުވެފައިވާއިރު މަޖިލިސް ރައީސްކަމުން ރައީސް ނަޝީދު ވަކި ކުރުމަށް އެކަމުގެ މަސައްކަތް އެމްޑީޕީން މިރޭ ވަނީ ފަށާފައެވެ.

އެމްޑީޕީން މި މަސައްކަތް ފަށާފައިވާއިރު އެމްޑީޕީން ގަބޫލުކުރަނީ އެ ޕާޓީއަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީކަމުގައިވާއިރު ރައީސްކަން ކުރަންޖެހޭނީ އެ ޕާޓީން ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިންވެސް މަޖިލީހުގެ ތަޅުމަށް ވެއްދިއެވެ. އެހެންނަމަވެސް ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ނަތީޖާއާއެކު އެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް