ޓެކްސް ފްރީ ކަރަންޓަށް ކަޝްމީރުން އަނެއްކާވެސް މަގުތަކަށް ނުކުމެއްޖެ

އާޒާދު ޖައްމޫ އެންޑް ކަޝްމީރު (އޭޖޭކޭ) ގެ އެތައް ހާސް ބަޔަކު ވަނީ ޓެކްސް ފްރީ ކަރަންޓާއި ސަބްސިޑައިޒް ކޮށްފައިވާ ފުށް އަދި ސިޔާސީ އަދި އޮބްރޯކްރަޓިކް އެލީޓުންނަށް ލިބޭ އިނާޔަތްތައް ހުއްޓާލުމަށް ގޮވާލަ...

07 Oct 2023 | 17:41

އާޒާދު ޖައްމޫ އެންޑް ކަޝްމީރު (އޭޖޭކޭ) ގެ އެތައް ހާސް ބަޔަކު ވަނީ ޓެކްސް ފްރީ ކަރަންޓާއި ސަބްސިޑައިޒް ކޮށްފައިވާ ފުށް އަދި ސިޔާސީ އަދި އޮބްރޯކްރަޓިކް އެލީޓުންނަށް ލިބޭ އިނާޔަތްތައް ހުއްޓާލުމަށް ގޮވާލައި އެއްވުންތަކާއި މުޒާހަރާތަކުގައި ބައިވެރިވެފަ އެވެ.

މި މުޒާހަރާތަކުގެ ތެރޭގައި މުޒައްފަރާބާދާއި ޕޫންޗް ޑިވިޝަންގެ އިތުރުން މީރްޕޫރު ޑިވިޜަންގައި މަގުތައް މުޅިން ބަންދުކޮށް ހަޅުތާލު ކުރުން ހިމެނެއެވެ.

ފާއިތުވި ހަފުތާބަންދުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. ނަމަވެސް މީގެ ކުރިން ހިނގި ހަމަނުޖެހުންތަކާ ހިލާފަށް މިފަހަރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

މި އެއްވުންތަކާއި ގުޅިގެން ތަންދޫރު (މަށި އަވަން) އާއި މެޑިކަލް، މޭވާ އަދި ތަރުކާރީ ފިހާރަތައް ހިމެނޭ ގޮތަށް ހުރިހާ ފިހާރަތަކާއި ވިޔަފާރިތައް ވަނީ ބަންދުކޮށްފަ އެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތް ތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދުގެ ފެނުގެ ވަސީލަތްތަކުން އުފައްދާ އަގުހެޔޮ އަދި މެދުކެނޑުމެއް ނެތި ކަރަންޓު ގެނައުމަށް ގޮވާލާފަ އެވެ.

ކަޝްމީރުގެ އެކި ކަންކޮޅުތަކުގައި އެއްބައިވަންތަކަން ދައްކުވައިދޭ މި ހަރަކާތަކީ އެމީހުންގެ ޑިމާންޑްތައް ފުރިހަމަވަންދެން ސުލްހަވެރި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ވައުދުވެފައިވާ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް