ދެކުނުއިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި ދާއިމީ ވިއްސާރައެއް! ސަބަބަކީ ކޮބާ؟

ޓްރާންސްބައުންޑަރީ ހޭޒްގެ މައްސަލަ ތަކުރާރުވަމުންދާއިރު، ދެކުނު އިރުމަތީ އޭޝިއާގައި ނުތަނަވަސްކަން އުފެދިފައިވަނީ މެލޭޝިއާގެ އެންވަޔަރަމަންޓް މިނިސްޓަރު އިންޑޮނޭޝިއާއަށް އެ ސަރަޙައްދަށް އަސަރުކުރާ ވިހ...

07 Oct 2023 | 17:14

ޓްރާންސްބައުންޑަރީ ހޭޒްގެ މައްސަލަ ތަކުރާރުވަމުންދާއިރު، ދެކުނު އިރުމަތީ އޭޝިއާގައި ނުތަނަވަސްކަން އުފެދިފައިވަނީ މެލޭޝިއާގެ އެންވަޔަރަމަންޓް މިނިސްޓަރު އިންޑޮނޭޝިއާއަށް އެ ސަރަޙައްދަށް އަސަރުކުރާ ވިހަ ދުމުން އަރައިގަތުމަށް ގޮވާލައްވަމުންދާ ދަނޑިވަޅެއްގައެވެ.

ފާއިތުވި ހަފުތާތަކުގައި މެލޭޝިއާ އާއި އިންޑޮނޭޝިއާގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ވައިގެ އިންޑެކްސް 150 އަށް ވުރެ މައްޗަށް ގޮސް، ސިއްހީ ނުރައްކާތައް ވަނީ ކުރިމަތިވެފަ އެވެ.

މެލޭޝިއާއިން ސިފަކުރާ ގޮތުގައި ވިއްސާރައިގެ ސަބަބަކީ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ސަބަބުން ލޭންޑް ކްލިއާ ކުރުމުގެ ސަބަބުން ދިމާވާ އަލިފާނުގެ ހާދިސާތަކެވެ.

މެލޭޝިއާއިން އެކަމަށް އެދުނު ނަމަވެސް އިންޑޮނޭޝިއާއިން ވަނީ އެކަމުގެ ޒިންމާ  އުފުލަން އިންކާރުކޮށް ޖަންގަލީގައި ރޯވާ އަލިފާންގަނޑު މަދުވެފައިވާ ކަމަށް ބުނެފަ އެވެ.

އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ހިރަފުހުން ސަލާމަތްވެފައިވާ ސަރަހައްދެއް ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ދަނޑުތައް އަންދާލުން ރެގިއުލޭޓް ކުރުން ވެސް ހިމެނެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ޕާމް އޮއިލް އިންޑަސްޓްރީއަކީ ތަކުރާރުކޮށް ހޭޒް ގެ މައްސަލަ އަށް މަގުފަހިވާ ސަބަބުތަކެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް