ޔޫކްރެއިންގެ ކޭރްސަން ޕްރޮވިންސްގެ ރަޝިއާގެ ބާރުގެ ދަށުގައި އޮންނަ ނޯވާ ކަޚޮވްކާ އަވަށުގެ ޕާޓީގެ އޮފިޝަލަކު ހޮނިހިރު ދުވަހު ކާރު ބޮމުގެ ހަމަލާއެއްގައި މަރުވެފައިވާ ކަމަށް ޕްރޮވިންސްގެ ގަވަރުނަރު ވްލަޑިމިއާ ސަލްޑޯ ވިދާޅުވެއްޖެ އެވެ.
މަރުވި ލަޑިމިއާ މަލޯވް އަކީ ރަޝިއާގެ ޔުނައިޓެޑް ރަޝިއާ ޕާޓީގެ ޓައުން ބްރާންޗްގެ އެގްޒެކެޓިވް ސެކްރެޓަރީ އެވެ.
ރަޝިއާގެ ވެރިކަން ކުރާ ޔުނައިޓެޑް ރަޝިއާ ޕާޓީގެ ޓައުން ބްރާންޗްގެ އެގްޒެކެޓިވް ސެކްރެޓަރީ ލަޑިމިއާ މަލޯވް މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ލަޑިމިއާ ސަލްޑޯ އޭނާގެ ޓެލެގްރާމް ޗެނަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ސަލްޑޯ ވަނީ މި ހާދިސާއަކީ "ޓެރަރިސްޓް ހަމަލާއެއް" ގެ ގޮތުގައި ސިފަކުރައްވައި، ޔޫކްރެއިންގެ ބައިވެރިވުން އޮތް ކަމަށް ސިފަކުރައްވާފައެވެ.
މިއީ އޭގެ ކުރީ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯއިން ޔޫކްރެއިންއަށް ދިން ފުލް ސްކޭލް ހަމަލާއަށް ފަހު، ޔޫކްރެއިންގެ ހިޔާލު ތަފާތުވެފައިވާ ސަރަހައްދުތަކުގައި ރަޝިޔާގެ ވެރިކަމަށް ތާއީދުކުރާ ކަމަށް ބެލެވޭ އޮފިޝަލުން އަވަހާރަކޮށްލަން ދިން އިތުރު ހަމަލާތަކެކެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ރަޝިއާއަށް ތާއީދުކުރާ ކްރިމިއާގެ ލީޑަރު ސަރްގޭ އަކްސިއޯނޯވް އަވަހާރަކޮށްލަން ޔޫކްރެއިންއިން ރޭވި ރޭވުން ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނާކާމިޔާބުކޮށްލާފައެވެ. އެގޮތުން އަކްސިއޯނޯވްގެ ކާރު ގޮއްވާލުމުގެ ކުރިން އެޖެންޓެއް ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް