އިޒްރޭލުން 70 މީހަކު މަރުވެ އެތައް ސަތޭކަ މީހުން ޒަހަމްވެފައިވާކަމަށް އެ ގައުމުން ބުނެފި

ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަނގުރާމަވެރިންނާއި އިޒްރޭލާއި ދެމެދު މިއަދު ފެށިފައިވާ ކުއްލި ހަނގުރާމައިގާ މިހާތަނަށް ފަލަސްތީނުގެ 70 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައި...

07 Oct 2023 | 15:46

ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަނގުރާމަވެރިންނާއި އިޒްރޭލާއި ދެމެދު މިއަދު ފެށިފައިވާ ކުއްލި ހަނގުރާމައިގާ މިހާތަނަށް ފަލަސްތީނުގެ 70 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާކަމަށް އިޒްރޭލުންބުނެފިއެވެ.

އެގޮތުން އިޒްރޭލުގެ ރެސްކިއު އެޖެންސީ ރިޕޯޓްތައް ބުނާގޮތުގައި ހަމާސްގެ ހަމަލާތަކުގައި ދެކުނު އިޒްރޭލުގައި މަރުވި އަދަދު ވަނީ 70 އިން މައްޗަށް ގޮސްފައެވެ. އިޒްރޭލުން ރަސްމީ ސިފައެއްގައި މިހެން ބުނާއިރު އިޒްރޭލުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ އަދަދު އުޅެނީ 100 އިން މަތީގައެވެ.

އިޒްރޭލަށް ކުއްލި ސިހުމެއް ގެނުވި މި ހަމަލާތަކުގެ ހަމަލާ ބަދަލުކުރުންތައް އަދިވެސް އިޒްރޭލުގެ 20 ސަރަހައްދެއްގައި ކުރިއަށްދާކަމަށްވެސް އިޒްރޭލުން ބުނެއެވެ.

އިޒްރޭލަށް ހަމާސް އިން ކުއްލި ހަމަލާތަކެއް ދިންތާ ގާތްގަނޑަކަށް ހަތް ގަޑިއިރު ވެފައިވާއިރު ހަމާސް އިން ހަމަލާތައް ދޭން ފެށީ ކުއްލި ގޮތަކަށް ދިން މިސައިލް ހަމަލާތަކެއްގެ ގޮތުގައެވެ. އެތައް ހާސް މިސައިލްތައް އިޒްރޭލަށް އަމާޒުކޮށް ފޮނުވާލާ ހަމަ އެ ވަގުތު ވައިގެމަގުންނާއި ބިމުގެ މަގުން އަދި ކަނޑުގެ މަގުން ހަމާސްގެ ހަނގުރާމަވެރިން ވަނީ އިޒްރޭލު ތެރެއަށް ވަދެގެންފައެވެ. އަދި އިޒްރޭލުގެ ގިނަ ބަޔަކު ރަހީނުކޮށްފައިވާކަމަށްވެސް ހަމާސް އިން ވަނީ ބުނެފައެވެ.

އިޒްރޭލުން މި ހަމަލާތަކުގެ ރައްދުގައި ހަނގުރާމަ އިއުލާނުކޮށް ހަމަލާތައް ދޭން ފަށާފައިވާއިރު އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 200އެއްހާ މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް