އިޒްރޭލުން ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ގަދަކަމުން ފޭރިގެންފައިވާ ބިންތައް ދޫކޮށްލަން ޖެހޭ ކަމުގައި ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. މުއިއްޒުގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި އިޒްރޭލުން ބަލައިގަނެ އީސްޓް ޖެރުސަލެމް (އިރުމަތީ އޫރުސަލީމް) އަކީ އަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ގަބޫލުކޮށް 1967 ވަނަ އަހަރު އޭރު އޮތް އިން ވަކިކުރާ ބޯޑަރުތަކަށް ރުޖޫއަވެ ރެފިއުޖީން އަނބުރާ ފަލަސްތީނަށް ދިއުމުގެ މަގުވެސް ހުޅުވާލަންޖެހޭ ކަމަށެވެ.
އިންތިހާބީ ރައީސް މިހެން ވިދާޅުވެފައިވާ މި ދަނޑިވަޅަކީ ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދިނުމާއި ގުޅިގެން ފަލަސްތީނާއި އިޒްރޭލާއި ދެމެދު ކުއްލި ހަނގުރާމައެއް ފެށިގެން ކުރިއަށްދާ ދަނޑިވަޅެކެވެ.
ކުއްލި މި ހަނގުރާމައިގާ މިހާތަނަށް އިޒްރޭލުން 100އެއްހާ މީހުން ފަލަސްތީނުން 200 އެއްހާ މީހުން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް