ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފި

މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. "މި މައްސަލައާއި ގު...

07 Oct 2023 | 11:28

މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.

"މި މައްސަލައާއި ގުޅިގެން 29 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަގޮތުގައި އެ ހަމަލާ އަމާޒުވީ ފޯނު ވިއްކާ ފިހާރައެއްގައި ހުރި ސޭޓަކަށެވެ. އަންހެނަކު އެ ފިހާރައިން ނިކުމެގެން ދަމުން ސޭޓުގެ ކަރަށް އަމާޒުކޮށް ހަމަލާދޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް