ދުވަހުގެ މޫސުން: ދެކުނަށް ވިއްސާރަ – އުތުރާއި މެދަށް ކެރީގެ އަސަރު ފޯރާނެ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނަށް ވިއްސާރަ ކުރާނެކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މ...

07 Oct 2023 | 09:39

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނަށް ވިއްސާރަ ކުރާނެކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އުތުރާއި މެދުރާއްޖެއަށްވެސް ކެރީގެ އަސަރު ފޯރާނެއެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލައިލާއިރު މިއަދު ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށް މެޓުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް