ވިލިމާލެ ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި "ބަސްމަލާ" ނަމަކަށް ކިޔާ މި ގޭގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު ފަތިހު 05:12 ހާއިރު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން، އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއްގޮތަށް ހަދާފައިވާ މި ދެ ކޮޓަރީގައި ރޯވި އަލިފާން ފަޔަރފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވިފައި ވަނީ ފަތިހު 05:55 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި އެ ދެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށާއި ފާޚާނާއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް