ޓީޗަރުންގެ ދުވަހު ޓީޗަރުންނަށް ހާއްސަކޮށް އުރީދޫ ކްލަބް ޕްރިމިއަރ ޕާޓްނަރުންނާއެކު ކުރިއަށްގެންދާ "އުރީދޫ ކްލަބް ޕްރިމިއަރ ޓީޗާސްޑޭ ސްޕެޝަލް: ކްލަސިކް ފިހާރައިން ޓީޗަރުންނަށް ދޭ 35% އާއި ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ހާއްސަ އޮފަރގެ ދަށުން ޓީޗަރުން އެ ފިހާރައިން ކުރައްވާ ވިޔަފާރިއަށް 35% އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އެ ފިހާރައިން ވިޔަފާރި ކުރުމަށްފަހު ޓީޗަރުން، ޓީޗަރުންގެ އައިޑީ ދައްކާލުމުން މި ޑިސްކައުންޓް ލިބިގެންދާނެއެވެ.
ކްލަސިކް ފިހާރައަކީ މަޝްހޫރު G2000 އަދި GIORDANO އުފެދުންތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.
ކަސްޓަމަރުންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ މި "ކްލޯތިންގ ޝޮޕް" ހުންނާނީ އަމީރްއަހްމަދު މަގު އިސްކަންދަރު މިސްކިތް ކުރިމަތީގައެވެ.
https://twitter.com/OoredooMaldives/status/1577567425020989445?s=20&t=2sWnElwOFw8LTaRJePh2cg
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް