މާޅޮހު ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާކަމަށާއި އިތުރު މީހަކަށް ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ދެންމެ ބުނެފައިވަނީ އިއްޔެ މެންދުރު އެކެއްޖަހާކަންހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.
"ލޯންޗު ފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމާއި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް މައުލޫމާތު ލިވިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ އއ. މާޅޮސް ކައިރިން މިއަދު ފެނިފައިވާއިރު އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފައިވާކަމަށެވެ. އަދި އެމީހާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަކަމަށް ބުނެފައިވެއެވެ.
"ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން، ފެނިއްޖެނަމަ ނުވަތަ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 119 އަށް ނުވަތަ 3322111 އަށް ހިއްސާކޮށްދެއްވާ" ފުލުހުން ބުނެފައިވެއެވެ.
https://twitter.com/dhuvasmv/status/1578321920931627009
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް