ޕުޝްޕާ ފިލްމުގެ "ސްރިވައްލީ" ރާއްޖެއަށް ދަތުރުފަށައިފި

ދިވެހިންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމު "ޕުޝްޕާ – ދަ ރައިޒް" ގައި "ސްރިވައްލީ" ގެ ރޯލު ކުޅުނު ރަޝްމިކާ މަންޑަނާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަން ފުރައިފިއެވެ. އިންޑިއާ މީޑިއާގައި ރި...

07 Oct 2022 | 10:40

ދިވެހިންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމު "ޕުޝްޕާ – ދަ ރައިޒް" ގައި "ސްރިވައްލީ" ގެ ރޯލު ކުޅުނު ރަޝްމިކާ މަންޑަނާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަން ފުރައިފިއެވެ.

އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ރަޝްމިކާ ރާއްޖެ އަންނަން ފުރާފައިވަނީ އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް ފެތުރެމުން އަންނަ ތެލުގޫ ތަރިއެއް ކަމުގައިވާ ވިޖޭ ދެވެރަކޮންޑާއާއި އެކުގައެވެ.

މި ދެ ތަރިން ފުރަން އެއާޕޯޓަށް ގޮސް އުޅުނު މަންޒަރު އިންޑިއާ މީޑިއާއިން ވަނީ ފޮޓޯ ނަގާފައެވެ.

މި ދެ ތަރިން ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް މިސްރާބު ޖަހާފައިވާކަމަށް އިންޑިއާގެ މީޑިއާއިން ބުނެފައިވާއިރު މި ދެ ތަރިން އެކުގައި ކުޅުނު ފިލްމު "ޑިއަރ ކޮމްރޭޑް" އަށްވެސް ބޮޑު މަގްބޫލުކަމެއް ލިބިގެން ގޮސްފައިވެއެވެ.

ފިލްމީ ދާއިރާގައި ރަޝްމިކާ މިހާރުވެސް އަންނަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ޕުޝްޕާ 2: ދަ ރޫލް" ގެ އިތުރުން ހިންދީ ފިލްމު "އެނިމަލް" އާއި ތަމިލް ފިލްމެއް ކަމުގައިވާ "ވަރިސޫ" ގެ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް