ނިއުމޯނިއާ ޖެހިގެން ކުޑަކުއްޖަކު ނިޔާވެއްޖެ

ފުއްޕާމެއަށް ޖެހޭ ބައްޔެއް ކަމަށްވާ ނިއުމޯނިއާ ޖެހިގެން ކުޑަކުއްޖަކު ނިޔާވެއްޖެ އެވެ. އޮންލައިން ނޫސް ސީއެންއެމްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްޖާ ނިޔާވީ އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށެވެ. އެއީ...

07 Oct 2022 | 09:59

ފުއްޕާމެއަށް ޖެހޭ ބައްޔެއް ކަމަށްވާ ނިއުމޯނިއާ ޖެހިގެން ކުޑަކުއްޖަކު ނިޔާވެއްޖެ އެވެ.

އޮންލައިން ނޫސް ސީއެންއެމްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްޖާ ނިޔާވީ އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށެވެ. އެއީ ގްރޭޑް ނުވައެއްގައި ކިޔަވަމުންދިޔަ ދަރިވަރެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ކުއްޖާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައީ އިއްޔެ ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ. އަދި އެ ކުއްޖާ ނިސްބަތްވަނީ މެދުރާއްޖޭގެ ރަށަކަށް ކަމުގައިވެސް ބުނެފައިވެއެވެ.

މިކަމުގައި ރަސްމީ ބަހެއް ރަސްމީ އިދާރާއަކުން އަދި ލިބޭގޮތް ނުވެއެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް