އއ. މާޅޮހުގެ ދެކުނުން ބަނޑުން ޖަހާލާފާއި އޮތް ލޯންޗެއް ފެނިއްޖެ

އއ.މާޅޮހުގެ ދެކުނުން ބަނޑުން ޖަހާލާފާއި އޮތް ލޯންޗެއް ފެނިއްޖެ އެވެ. އެމްއެންޑީއެފް އިން ބުނީ މި ލޯންޗު ފެނުނުއިރު މި ލޯންޗުގައި އެއްވެސް މީހަކު ނެތް ކަމަށެވެ. އެހެންކަމުން، މި ލޯންޗާ ބެހޭ އެއްވެސް މަ...

07 Oct 2022 | 09:49

އއ.މާޅޮހުގެ ދެކުނުން ބަނޑުން ޖަހާލާފާއި އޮތް ލޯންޗެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ލޯންޗު ފެނުނުއިރު މި ލޯންޗުގައި އެއްވެސް މީހަކު ނެތް ކަމަށެވެ.

އެހެންކަމުން، މި ލޯންޗާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ކޯސްޓްގާޑަށް ގުޅުއްވުމަށް ވަނީ އެދިފަ އެވެ.

އެގޮތުން އެ އިދާރާގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް