ބޯކޮށް ވާރޭވެހުމާއެކު ވައި ގަދަވާނެކަމަށް ލަފާކޮށް އެންމެ ދެކުނުގެ ހަތަރު އަތޮޅަށް،މެޓުން ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް)އިން މި ސަމާލު ނެރެފައިވަނީ ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭހެން އެންމެ ދެކުނުގެ ހަތަރު އަތޮޅަށެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 8:50 އިން މެންދުރު 1:30 އަށެވެ.
ރީނދޫ، މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް