ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލުން އިމިގްރޭޝަންގެ މުވައްޒަފުންނަށް، ސީޕީއާރު/ފަސްޓް އެއިޑް ކޯހެއް ހިންގައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސީޕީއާރު/ފަސްޓް އެއިޑް ކޯހަކީ، އިމިގްރޭޝަންގެ މުވައްޒަފުންނަށް ހިންގާ "އިމިގްރޭޝަން އެންފޯސްމަންޓް ސްޓަރޑީސް" ކޯހުގެ ފަސްޓް އެއިޑް މޮޑިއުލްގެ ތެރެއިން ކުރިއަށްގެންދިޔަ ކޯހެކެވެ.
މި ކޯހުގައި އެ މުއައްސަސާގެ 14 ބައިވެރިއަކު ކޯސް ފުރިހަމަކޮށްފައިވާކަމަށާއި މި ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ސިފައިންކަމުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް