ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ހަތަރު އަތޮޅަށެވެ. މި ސަމާލު ނެރެފައިވަނީ ފަތިހު 04:30 އިން ފެށިގެން މިއަދު ހެނދުނު 10:30 އާއި ދެމެދުގެ ވަގުތަށެވެ.
ހުދު، މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް