ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ ކުޅުނު ދެވަނަ މެޗު މިރޭ ބައްލަވާލައްވައިފި އެވެ.
މި މެޗުގައި ރާއްޖެ ބައްދަލުކޮށްފައިވަނީ ބަންގްލަދޭޝްއާ އެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށް ދާ މި މުބާރާތުގައި މިރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައި މި ކުޅެވުނު މެޗަކީ މި މުބާރާތުގެ ހަވަނަ މެޗެވެ. މި މެޗުން 2 ލަނޑު 0 ލަނޑުން ކުރިހޯދާ މޮޅުވެފައި ވަނީ ރާއްޖޭގެ ޓީމުން ނެވެ.
މި މެޗު ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދާއި، ބައެއް ކެބިނެޓް މެންބަރުންގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިން ދަނޑަށް ވަޑައިގަތެވެ.
މީގެ އިތުރުން ދިވެހި ގިނަ ސަޕޯޓަރުން ދިވެހި ޤައުމީ ފުޓްބޯޅަޓީމަށް ސަޕޯޓް ކުރެއްވުމަށް ގަލޮޅު ދަނޑުގައި ތިއްބެވި އެވެ.
މީގެ ކުރިން ރާއްޖެ ވަނީ 2008 އަދި 2018 ވަނަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް