ދިވެހިރާއްޖޭގައި ޔޫރަޕްގެ ޤައުމެއް ކަމުގައިވާ ޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓެއް މިއަދު ހުޅުވައިފިއެވެ.
މި ކޮންސިއުލޭޓް ހުޅުވައިދެއްވީ ޗެކް ރިޕަބްލިކުގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަމަޖައްސަވާފައިވާ ސަފީރު މިލާން ހޮވޮކް އާއި ރާއްޖޭގެ ފޮރިން ސެކްރެޓެރީ އަބްދުލްގަފޫރު މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން ފޮރިން ސެކްރެޓެރީ އަބްދުލްޣަފޫރު ވިދާޅުވީ ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް އެގައުމާއި ގުޅޭ ކަންކަމުގައި ފަސޭހަތަަކެއް ލިބިގެންދާނެ ކަމަށެވެ.
އެގައުމަށް ދާން ބޭނުންވާ ދިވެހިންނަށް އެއްވެސް ދަތިކަމަކާ ނުލާ ވިސާ ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ރަސްމިޔާތުގައި ޗެކް ރިޕަބްލިކްގެ ސަފީރު ވިދާޅުވީ އެ ގައުމުގެ ކޮންސިއުލޭޓެއް ހުޅުވިގެން ދިއުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެކި އެކި ދާއިރަތަކުން ގުޅުން ވަރުގަދަ ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ޗެކް ރިޕަބްލިކްގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް