އަތޮޅުތަކަށް ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެއަށް ލިބިއްޖެ

އަތޮޅުތަކަށް ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެއަށް ލިބިއްޖެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އި...

07 Oct 2021 | 15:27

އަތޮޅުތަކަށް ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެއަށް ލިބިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ލިބޭނެ ކަމަށެވެ. އަދި އިތުރު 20 އެމްބިއުލާންސް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ޖުމްލަ 60 އެމްބިއުލާންސް ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މި ސަރުކާރުގެ ސިއްހީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޖަޕާނުގެ އެހީގައި ރާއްޖެއަށް 21 އެމްބިއުލާންސް މީގެކުރިން ވަނީ ހަދިޔާކޮށްފަ އެވެ. އެއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް