ސާފް ޗެމްޕިއަންޝިޕް 2021: އުރީދޫ ކަސްޓަމަރުންނަށް މީޑިއާ ނެޓް މެދުވެރިކޮށް މެޗުތައް ބަލައިލުމުގެ ފުރުސަތު

އުރީދޫ ކަސްޓަމަރުންނަށް އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ މެޗުތައް ފަސޭހަކަމާއިއެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވ...

07 Oct 2021 | 14:55

އުރީދޫ ކަސްޓަމަރުންނަށް އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ މެޗުތައް ފަސޭހަކަމާއިއެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ ކޭބަލް ޓެލެވިޝަން ޙިދުމަތްދޭ ކުންފުނިކަމުގައިވާ މީޑިއާނެޓް އާއި ޕާރޓްނަރވެއްޖެ އެވެ.

މި ޚާއްޞަ ޕާރޓްނަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން މިއަދުވަނީ އުރީދޫ ފްލިކްސްގެ 250 ޕެކްއަށް މީޑިއާނެޓް މަލްޓި ސްކްރީން އެޕް (އެމް އެސް އެޕް) މަންތްލީ ސަބްސްކްރިޕްޝަންއާއިއެކު ހިމަނާފަ އެވެ.

މި ޕެކް އެކްޓިވޭޓް ކުރާފަރާތްތަކަށް ހިލޭ ސަބްސްކްރިޕްޝަން ގެ އިތުރުން މެޗުތައް ބަލާލުމަށް 20ޖީބީ ޑޭޓާވެސް ލިބިގެންދާނެ އެވެ. 30 ދުވަހުގެ މުއްދަތަށް ބެނުންކުރެވޭ މި ޕެކް ނަންގަވާ ކަސްޓަމަރުންނަށް އެމް އެސް އެޕް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެ އެވެ.

މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރައްވާ ފަރާތްތަކަށް ޚާއްޞަ ހަދިޔާއެއްގެގޮތުން އާޗާ ޕްރިޕެއިޑް 750، އަޗާ ޕޯސްޓްޕެއިޑް 1000، އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓޕެއިޑް 1499 އަދި 1999 ޕެކޭޖް ގެ އިތުރުން ސުޕަރނެޓް 50އެމް އަދި 100އެމް  އަލަށް ނަންގަވާ ކަސްޓަމަރުންނަށް، އެމް އެސް އެޕް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމަށް ހިލޭ ޕްރޯމޯ ކޯޑްސް ލިބިގެންދާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްއަކީ އަބަދު ވެސް ދިވެހިންގެ އެއްބައިވަންތަކަމާއި ގައުމީ ޖޯޝާއި ރޫހު އާލާވެގެންދާ ވަރަށް ފޯރި ގަދަ އިވެންޓެއް ކަމަށެވެ. އަދި އެންމެން އެކު އެކީގައި ދިވެހި ގައުމީ ޓީމަށް ސަޕޯރޓްކޮށް ޗެމްޕިއަން ޓީމަށް ވުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުއްމީދު ކަމަށެވެ.

" އެހެންކަމުން މުބާރާތުގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް މެޗްތައް ލައިވްކޮށް ކޮންމެތާކުތިއްބަވައިގެންވެސް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުން. މީޑިއާނެޓް ގެ އެމް އެސް އެޕް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިލޭ ސަބްސްކްރިޕްޝަން އާއިއެކު ހުރިހާ މެޗެއްވެސް ކޮންމެތާކު ތިއްބަވައިގެންވެސް ބައްލަވާލެވޭނެ." ނިޔާޒު ވިދާޅުވި އެވެ.

މީޑިއާނެޓްގެ ހެޑް އޮފް މަލްޓި ސްކްރީންގ ތާއިމް އަބްދުﷲ ރަޝީދު ވިދާޅުވީ މީޑިއާނެޓުން އަބަދުވެސް މަސައްކަތްކުރަމުންމިދަނީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބަލާލުމުގެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.

އެގޮތުން އުރީދޫ މޯލްޑިވްސް ގެ މި ޕަރޓްނަރޝިޕް ގެ ދަށުން ގިނަ ފަރާތްތަކަކަށް މީޑިއާނެޓް މެދުވެރިކޮށް ބައްލަވާލެވޭ ހުރިހާ ޓީވީ ޗެނަލްތަކަކާއި ފަހުގެ ފިލްމްތަކާއި ސީރީޒްތައް އެމް އެސް އެޕް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މިހާރު ބަލާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

" ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އީޕީއެލް އަދި ލަލީގާ އައިސް ޓީވީ އަދި އައިސް ސްޕޯޓްސް މެދުވެރިކޮށް ބަލާލެވޭނެ. މީގެ އިތުރުން ހަމައެކަނި އެމްއެސް އެޕް މެދުވެރިކޮށް ބަލާލެވޭ މީޑިއާނެޓް ގެ އުފެއްދުންނތައްވެސް ކޮންމެތާކު ކޮންމެވަގުތެއްގައިވެސް ބަލާލެވޭނެ." ތާއިމް ވިދާޅުވި އެވެ.

މަލްޓި ސްކްރީން އެޕަކީ ހަބަރާއި މުނިފޫހިފިލުމުގެ އެތަކެއް ޕްރޮގްރާމްތަކާއި ޗެނަލްތައް ފޯނު، ޓެބްލެޓް އަދި ޓީވީ މެދުވެރިކޮށްވެސް ބަލާލެވޭ ޕްލެޓްފޯމެކެވެ.

އާއިލާ އާއި ރައްޓެހިންނާއި އެކު އެއް ޑިވައިސްއަކުން ނުވަތަ ވަކިންވެސް އެންމެ މަގުބޫލު ޕްރޮގްރާމްތައް ބަލާލެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް