ސާފް ޗެމްޕިއަންޝިޕް 2021: އިންޑިއާ އާއި ލަންކާ މެޗުގައި ހަމަހަމަ ނިމުމެއް

މިހާރުކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި އިންޑިއާ އާއި ސްރީލަންކާ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމިއްޖެ އެވެ. ސާފް ގައުމުތަކަށް ބަލާ...

07 Oct 2021 | 13:11

މިހާރުކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި އިންޑިއާ އާއި ސްރީލަންކާ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމިއްޖެ އެވެ.

ސާފް ގައުމުތަކަށް ބަލާ އިރު، ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ފާހަގަކުރެވޭ އިންޑިއާ އިން މިއަދުގެ މެޗުގައި ދައްކާފައިވަނީ ދަށް ކުޅުމެކެވެ.

ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އިންޑިއާ އިން ކުޅުނު ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފަ އެެވެ.

ދެވަނަ ހާފުގައި ވެސް އިންޑިއާ އިން ވަނީ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ނަތީޖާއަށް ބަދަލު ގެނެވޭ ގޮތް ވަނީ ނުވެފަ އެވެ.

މި މުބާރާތުގައި މިރޭ 9 ޖަހާ އިރު ކުޅޭނީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް