ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތް އަތޮޅުތެރޭގައި ފަށައިފި އެވެ.
އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ނިޝާން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބަރުލަމާނި ކެމްޕެއިންގެ ފުރަތަމަ ދަތުރު ކުރަނީ ވ. އަތޮޅުގެ ރަށްތަކަށް ކަމަށެވެ. އަދި އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.
މިދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
https://twitter.com/MohNishan/status/1446003721544949762?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1446003721544949762%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F65530%2F
ބަރުލަމާނީ ޕެޓިޝަންގައި މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ސޮއި ކުރައްވަމުން ގެންދަވާ އިރު، އޭގެތެރޭގައި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 13 މެންބަރަކު މިހާތަނަށް ވަނީ ސޮއި ކުރައްވާފަ އެވެ.
މި ޕެޓިޝަންގައި އެމްޑީޕީގެ އިސް ފަރާތްތަކުން ވެސް ސޮއި ކުރައްވާފައިވާ އިރު، މިހާރުވެސް އަންނަނީ ބައެއް ފަރާތްތަކުން ސޮއި ކުރަމުން ނެވެ.
މި ޕެޓިޝަންގައި ގިނައިން ސޮއިކޮށްފައިވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ނެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަކީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކެނޑިނޭޅި ދައްކަވަމުން ގެންދަވާ ވާހަކަފުޅެކެވެ.
ރައީސް ސޯލިހު ވިދާޅުވެފަައިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކުރުމަށް ނިންމައިފި ހާލަތެއްގައި ކަމުގަ އެވެ.
މީގެ އިތުރުން ވެރިމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ، ވަޢުދުތައް ފުއްދެވޭތޯ މަސައްކަތް ކުރެއްވުން މިވަގުތަށް މާމުހިންމު ކަމަަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް