ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދު ޔޫއޭއީއަށް ވަޑައިގެންފައިމިވަނީ ޔޫއޭއީ ގައި ވަރލްޑް އެކްސްޕޯ ފެށިފައިވަނިކޮށްށެވެ. މި އެކްސްޕޯ އަކީ ރާއްޖެބައިވެރިވާ އެކްސްޕޯއެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫއޭއީ އިން ރައީސް ނަޝީދަށް މަރުހަބާ ދަންނަވާފައިވަނީ ވަރލްޑް އެކްސްޕޯގައި ރާއްޖެ ތަމްސީލުކުރާ ކޮންޓިންޖެންޓުގެ އިސްވެރިޔާ ޔޫސުފް ރިޒާއެވެ.
މިއަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރެރިސްޓު ހަމަލާ އާއި ގުޅިގެން ލިބުނު އަނިޔާތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށް ފަހު، އިތުރުފަރުވާއަށް އެމަނިކުފާނު ފުރާވަޑައިގަތީ ޖަރުމަަނަށެވެ. އޭގެ ފަހުން އިނގިރޭސިވިލާތުން ވެސް ވަނީ ފަރުވާ ހޯއްދަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް