ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތުގެ ގަވާއިދާ ޚިލާފުވެފައިވާ 30 މީހަކު، ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޖޫރިމަނާ ކޮށް ފިއެވެ.
އެޗްޑީސީން ބުނީ ފްލެޓްތްކުގެ ފިނިޝިންގ މަސައްކަތް ކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އިމާރާތުގެ ކޮންކްރީޓް ސްޓްރަކްޗރއަށް އުނިކަމެއް ގެނައުމަކީ މަނާ ކަމެކެވެ. އަދި ފްލެޓްގެ ފިނިޝިންގ މަސައްކަތް ހިނގަމުންދާ ގޮތް ބަލާ ޓީމަށް އޮނިގަނޑަށް ބަަދަލުގެނެސްފައިވާ 100 މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ހިޔާ ފްލެޓްގެ އެއްބަސްވުން ބުނާގޮތުން ހާލަތަށް ބަލައި ސްޓްރަކްޗަރްލް އެސެސްމެންޓެއް ހެދުމަށްފަހު، ޖޫރިމަނާ ކުރަންޖެހޭ އަދަދު 100،000 ރުފިޔާއިން މަތިނަމަ އެކަން ފްލެޓް ވިއްކާ ފަރާތުން ކަމާ ބެހޭ އިދާރާ އަށް އެންގޭނެ އެވެ.
އެއަށްފަހު، ޖޫރިމަނާ ދައްކަން ޖެހިއްޖެނަމަ 14 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކާ ޚަލާސް ކުރަން އެއްބަސް ވެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް