ދިރާގު ޓީވީއަށް އެޕްލައި ކޮށްލައިގެން ޚާއްސަ އިނާމުތަކެއް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މި ޕްރޮމޯޝަންގައި 30 ނޮވެމްބަރ ގެ ކުރިން ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކުރައްވާ ކަސްޓަމަރުންނަށް ހިލޭ ގުޅައިދިނުމާއި ހިލޭ ޖޯއިބޮކްސް ވެސް ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުން ތެރެއިން ނަސީބުވެރި އެއް ފަރާތައް ސެމްސަންގ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބޭނެ އެވެ. އަދި ހޮވާލެވޭ ނަސީބުވެރި އިތުރު 10 ފަރާތަށް އެ ކަސްޓަމަރަކު ބޭނުންފުޅުވާ ޕެކޭޖެއްގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިޭނެ އެވެ.
ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއްޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.
100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ.
ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް ހިމެނެ އެވެ. އަދި ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯރކް ހިމެނޭ އިރު، ސްޓަރގެ ޗެނަލްތަކަާއި ރާއްޖެއާއި ބޭރު ދުނިޔޭގެ ޚަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ވެސް ހިމެނެ އެވެ.
ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ %77 ގޭބިސީއަށް ދިރާގުން ވަނީ، ދިރާގުޓީވީ ޚިދުމަތް ފޯރުކޮށްދީފަ އެވެ.
ދިރާގުޓީވީން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފަރތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.
ދިރާގު ޓީވީއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް