ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އ..ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަބްދުﷲ ޝާހިދަށް ލިބިވަޑައިގަތުމަކީ ޕާރޓީއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެޕާޓީން މިހެން ބުނެފައިވަނީ ޝާހިދަށް އެ ލަގަބު ލިބިވަޑައިތުމުން މަރުހަބާ ދެންނެމުވަށް ނެރުނުި ބަޔާނެއްގަ އެެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުކަން ވެސް ކުރައްވާ ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވާފައިވާތީ، އެމަނިކުފާނަށް ވަރަށް ހޫނު ތަޙްނިޔާއަކާއި މުބާރިކްބާދީއެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑ.ީ.ޕީ) އިން އަރިސްކުރާ ކަމަށެވެ.
ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ރައީސުލްޖުމްހޫރިއްޔާ އަރުވާފައިވަނީ ދިވެހިރާއްޖޭގެ ޤަޢުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރެއްވުމަށާއި ޚާއްޞަ އިނާމާއި ޝަރަފު އެރުއްވުމަށް ރޭގައި ބޭއްވެވި ޚާއްޞަ ޖަލްސާގަ އެވެ.
އެމަނިކުފާނަށް ޢިއްޒަތުގެ އެ ލަޤަބު އަރުވާފައިވަނީ އެމަނިކުފާނު އ..ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވުމާއި ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އިޙްތިރާމާއި އިތުބާރު ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ނެވެ. އަދި އެމަނިކުފާނު ރާއްޖޭގެ ޚާރިޖިއްޔާއަށާއި ދައުލަތަށް ގިނަ އަހަރުތަކަކަށް ކޮށްދެއްވާފައިވާ، އަދި ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅު ފާހަގަ ކުރެއްވުމުގެ ގޮތުން ނެވެ.
ދައުތުން އަރުވާ އެންމެ މަތީ އެ ޝަރަފު ލިބިވަޑައިގަތުމާއި އަދި އ..ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން އެ މުހިއްމު ދައުރު ޤާބިލުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމީ މި ޕާޓީއަށް ވެސްލިބުނު ނުހަނު ބޮޑު ޝަރަފެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް