ދިވެހިރާއްޖޭގެ ގައުމީ ދުވަސް މިއަދު ފާހަގަ ކުރަމުން ދާ އިރު، ޤައުމީ ދުވަހުގެ އުފަލާއެކު ރައީސް އުފާފުޅުވީ މެލޭރިއާއަށް ވެކްސިނެއް ލިބިފައިވުމުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިން މި ގައުމީ ދުވަހާއި ކުރިމަތިލާ އިރު، ލިބޭ އުފާވެރި ޚަބަރަކީ މެލޭރިއާއަށް ވެކްސިނެއް ހޯދިއްޖެކަމުގެ ޚަބަރު ކަމަށެވެ.
"ނުގުޑާފަދަ ގައުމިއްޔަތަކާ ފުރިހަމަ ސިއްހަތެއް، އިންސާފުވެރިކަން، ޑިމޮކްރަސީ އަދި ހަރުދަނާ އިގްތިސޯދެއް ބިނާކުރުން ކޮންމެހެންވެސް ބޭނުންތެރި." ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
https://twitter.com/MohamedNasheed/status/1445984822464106496?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1445984822464106496%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F65499%2F
ރައީސް ނަޝިދު މިހެން ވިދާޅުވެފައިވާ އިރު، ރާއްޖެއަކީ މިސަރަހައްދުގައި މެލޭރިޔާ ނައްތާލެވިފައިވާ ފުރަތަމަ ޤައުމު ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ އިން ކަނޑައަޅައިފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގަ އެވެ.
މިއަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރަމުންދާ އިރު، ރައީސް ނަޝީދު މިވަގުތު ހުންނެވީ ޔޫކޭ ގައެވެ. އެއީ މިއހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު، އެމަނިކުފާނަށް އަމާޒުކޮށްދިން ޓެރެރިސްޓް ހަމައާއަށް ފަރުވާ ހޯއްދެވުމަށެވެ.
އެ ހަމަލާގައި ޒަޚަމްވެވަޑައިގަތުމުން އެންމެފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުން ނެވެ. އެއަށް ފަހު ޖަރުމަން ވިލާތުން ފަރުވާ ހޯއްދެވުމަށް ފަހު، އިތުރު ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ ޔޫކޭގަ އެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެއަށް އާދެވޭފަދަ މާހައުލެއް އަދިނެތްކަމަށެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ރައީސް ނަޝީދަށް ރާއްޖެ ނާދެވޭފަދަ އެއްވެސް ސަބަބެއް މިހާރު ނެތްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް