ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ކުޅުންތެރިން ތިބީ ބަންގްލަދޭޝް މެޗުން މޮޅުވާން ކެތް މަދުވެފައި ކަމަށް ގައުމީ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ (އަކޫ) ބުނެފި އެވެ.
އޭނާ ބުނީ ނޭޕާލު މެޗުގައި އަމިއްލަ ދަނޑުގައި ކުޅެ ބަލިވުމުން ހުރިހާ ކުޅުންތެރިން ވެސް އެދުވަހު ތިބީ މާޔޫސްވެފައި ކަމަށެވެ.
ނަމަވެސް އެކަން މިހާރު ހަނދާން ނައްތާލާ އިތުރު ހިތްވަރެއް މިހާރު ނެރެފައިވަނީ މިރޭގެ މެޗު ކާމިޔާބު ކުރުމަށް ކަމަށް ވެސް އަކޫ ބުންޏެވެ.
"އެ މެޗަށް ފަހު (ނޭޕާލް މެޗަށް ފަހު) ދެން ކުރި ފަރިތަކުރުންތަކުގައި ހުރިހާ ކުދިން ވސް ވަނީ އިތުރު އެފޯޓެއްލާފަ. ހުރިހާ ކުޅުންތެރިން މިހާރުތިބީ މިރޭގެ މެޗަށް ކެތްމަދުވެފަ. އިންޝާ ﷲ މޮޅުވާން ނުކުންނާނީ،" އަކުރަމް ބުންޏެވެ.
މީގެ އިތުރުން އަކޫ 12 ވަނަ ކުޅުންތެރިޔާގެ އެހީތެރިކަން މިރޭ ވަރަށްބޮޑަށް ބޭނުންވާނެކަން ފާހަގަ ކޮށްފަ އެވެ.
އެގޮތުން ދިވެހި ސަޕޯޓަރުން ރަތްކުލައިގެ ހެދުން ލައިގެން ދަނޑަށް ވަދެ، ސަޕޯޓުކުރުމަށް އަކޫ ވަނީ އެދިފަ އެވެ.
ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާ އިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް