ޕާކިސްތާނަށް ބާރުގަދަ ބިންހެލުމެއް، މިހާތަނަށް 20 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ބަލޯޗިސްތާން ޕްރޮވިންސަށް ރެކްޓާ މިންގަނޑުން 5.9 ގެ ބާރު މިނުގައި ބިން ހެލުމެއް އަތުވެއްޖެ އެވެ. ރޭ ދަންވަރު އައި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެ ޕްރޮވިންސްގެ ކުއެއްޓާ ސ...

07 Oct 2021 | 06:02

ޕާކިސްތާނުގެ ބަލޯޗިސްތާން ޕްރޮވިންސަށް ރެކްޓާ މިންގަނޑުން 5.9 ގެ ބާރު މިނުގައި ބިން ހެލުމެއް އަތުވެއްޖެ އެވެ.

ރޭ ދަންވަރު އައި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެ ޕްރޮވިންސްގެ ކުއެއްޓާ ސިޓީއަށެވެ. ބިން ހެލުން އައިސްފަވަނީ އެ ޕްރޮވިންސްގެ ބިމުގެ ނުވަ ކިލޯމީޓަރު އަޑިއަށެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބައިނަލްއަގުވާމީ މީޑިއާގައި ބުނީ މިހާތަނަށް ބަލޯޗިސްތާނުން 20 މީހުން މަރުވެފައިވާ ކަމަށެވެ. އަދި މަރުވެފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ.

ބިން ހެލުން އައިސްފައިވަނީ ރޭގަނޑު ކަމުން މީހުން ހޯދުމުގައި ރޭގަ ދަތިތަކާއި ކުރިމަތިވި އެވެ. އެކަމަކު ރޭ އެކަނިވެސް އިމާރާތްތަކުގެ ދަށުން ޒަހަމްތަކާއި އެކު 150 އަށްވުރެ ގިނަ މީހުން ސަލާމަތް ކޮށްފައިވެ އެވެ. އެމީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާއިރު އިމާރާތްތަކުގެ ދަށުގައި ތާށިވެފަ އެތައް ބަޔަކު ތިބި ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުނެ އެވެ.

ބިން ހެލުމުގައި 100 އަށްވުރެ ގިނަ ގެ ވަނީ ބިމާ ހަމަވެފަ އެވެ.

ކުއެއްޓާ ސިޓީ އަކީ ގިނަ އަދަދެއްގެ ކޯލް މައިންވެސް ހުންނަ ތަނަކަށް ވާތީ އެފަދަ ގިނަ މައިންތައް ބިން ހެލުމުގަ ސުންނާފަތި ވެފައިހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އަދި އެތަންތަން ބެލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ބިން ހެލުމާއި ގުޅިގެން ބަލޯޗިސްތާންގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް