ސާފް ޗެމްޕިއަންޝިޕް 2021: ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯ ބޮޑު ޓީވީން ބަލައިލެވޭނެ. ސަޅިއެއްނު

މާލޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ހުރިހާ މެޗެއް އުސްފަސްގަނޑު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ބޮޑު ޓީވީން ދައްކާނެ ކަަމަށް އެ ކުނ...

07 Oct 2021 | 05:53

މާލޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ހުރިހާ މެޗެއް އުސްފަސްގަނޑު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ބޮޑު ޓީވީން ދައްކާނެ ކަަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ މިގޮތަށް ނިންމީ، ފުޓްބޯޅައިގެ ފޯރި، ޚައްސަކޮށް ދިވެހި ގައުމީ ޓީމަށް ފޯރިއާއި ހިތްވަރު ދިނުމުގެ ފުރުސަތު ވީހާވެސް ގިނަބަޔަކަށް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ގައުމީ ރޫހު އިތުރަށް އާލާކޮށް، މިފަދަ ކޮންމެ ކަމެއްގައި ބައިވެރިވެ، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނާއި މެނޭޖުމެންޓު ތިބީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއެކުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް