ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޤައުމީ ލަަވަ އަލްބަމް 1443 ނެރެފި އެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި މި އަލްބަމުގައި ރާއްޖޭގެ މަޝްހޫރު ލަވަ ކިއުންތެރިންނާއި ސިފައިންގެ ލަވަ ކިއުންތެރިން ކިޔާފައިވާ ހަ ލަވަ ހިމެނެ އެވެ.
މި ލަވަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ސިފައިންގެ ލަވަ، ޤައުމީ ޚިދުމަތުގައި އެފްއާރުއެސް، ކަނޑުމަތީގެ ޤާއިދުން (ކޯސްޓްގާޑް)، ރަތް ލަޝްކަރު، (މެރިންކޯރ) ލަޝްކަރުގެ މައިބަދަ، (ސަރވިސް ކޯރ)، އަދި މަދަނަ ވެށްޓަކަށް (މެޑިކަލް ކޯރ) އެވެ.
މި އަލްބަމްގެ ޅެންތައް ހައްދަވާދެއްވާފައިވަނީ ލެފްޓިނަންޓް ކާނަލް އަންވަރު ޒާހިރު، ކޮމާންޑް ސާރޖަންޓް މޭޖަރ އަބްދުﷲ ސަޢީދު، ވޮރަންޓު އޮފިސަރ 3 އާސިމް ރަޝީދު، ސާޖަންޓު އުބައިދު އަބްދުﷲ އަދި ޕްރައިވެޓް މުޙައްމަދު މާހިދު އެވެ.
މި އަލްބަމްގެ ރާގާއި މިޔުޒިކް ހައްދަވާފައިވަނީ އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ އޯޑިއޯ އިންޖިނިއަރުން ކަމުގައިވާ ލެފްޓިނަންޓް ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ 1 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހިމް، ސްޓާފް ސާޖަންޓް އިބްރާހިމް އާޝިފް، ޕްރައިވެޓް މޫސާ ކަލީމް، ޕްރައިވެޓް އިސްމާޢީލް ޔަމާން އަދި ޕްރައިވެޓް މުޙައްމަދު މާހިދު އެވެ.
އެމްއެންޑީއެފް އިން ބުނީ މި އަލްބަމުގެ ވީޑިއޯ ޕްރޮޑަކްޝަނުގެ މަސައްކަތް ކޮށްފައިވަނީ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ވީޑިއޯގްރަފީ އެންޑް އޯޑިއޯ ވިޝުއަލްސް ޑިޕާޓްމަންޓާއި އައްޝަރު ވަޙީދާއި ވޮރަންޓު އޮފިސަރ 2 އިބްރާހީމް އަޙްމަދު ކަމަށެވެ.
މި އަލްބަމުގެ ވީޑިއޯ ލަަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލުން ޑައުންލޯޑު ކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް