ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކު މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ ރޭ މަރުވެފައި ވަނީ މ. މަލަސް އުމުރުން 46 އަހަރުގެ އިސްމާއިލް ޝަބީން ކަމަށެވެ.
ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ރޭ 7 ޖަހާކަންހާ އިރު ކަމަށާއި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭނާގެ ހާލު ދެރަވުމުން އައިސީޔޫއަށް ބަދަލުކޮށްގެން ވެސް ފަރުވާ ދިން ކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ އޭނާ މަރުވީ، ރޭ 7:30 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި, ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝަބީންއަކީ ހަކުރު ބައްޔަށް ވެސް ބޭސްކުރަމުން ދިޔަ މީހެކެވެ.
ޝަބީންއަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.
ޝަބީން ހޮސްޕިޓަލަށް ގެންދިއުމާއިގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާ ކަމަށް އެ އިދާރާ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް