މި ޖީލަކީ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުޞަތު ލިބޭ، އެންމެ ފަހު ޖީލަށް ވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސަބާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް މިހާރުން މިހާރަށް މަސައްކަތްފެށުމުގެ މުހިންމު ކަމަށެވެ.
"ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ޙިއްޞާ ކުޑަ ނަމަވެސް މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އަދި ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއްކޮށް އަދި އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީވެސް ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ޤައުމުތަކަށް." ރައީސް ވިދާޅުވި އެެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މިކަންކަމުން ދޭހަކޮށްދެނީ ވަކިވެގެން އުޅުމުގެ ބަދަލުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިފައިވާ މިފަދަ ކަންކަމުގައި ހުރިހާ ޤައުމުތަކެއް އެކުގައި އެއް ޢާއިލާއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް