ޝާރުކަށް މަޑުކުރެވެން ނެތުމުން އޭނާގެ ބޮޑީ ޑަބަލް ބޭނުން ކޮށްގެން ޝޫޓިން ނިންމަނީ!

މަސްތުވާތަކެތީގެ މައްސަލައިގަ ދަރިފުޅު އާރްޔާން ހާން ހައްޔަރު ކުރުމުން ޝާރުކް ހާން ވަނީ އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ޝޫޓިންތައް ކުރިޔަށް ދިޔަ ފިލްމުތަކުގެ މަސައްކަތް ހުއްޓާލާފަ އެވެ. މިހ...

07 Oct 2021 | 04:06

މަސްތުވާތަކެތީގެ މައްސަލައިގަ ދަރިފުޅު އާރްޔާން ހާން ހައްޔަރު ކުރުމުން ޝާރުކް ހާން ވަނީ އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ޝޫޓިންތައް ކުރިޔަށް ދިޔަ ފިލްމުތަކުގެ މަސައްކަތް ހުއްޓާލާފަ އެވެ.

މިހާރު އޭނާގެ ހުރިހާ ވަގުތެއް ހާއްސަކޮށްފައިވަނީ އާރްޔަން މިނިވަން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކަށެވެ. މިދިޔަ އާދިއްތަ ދުވަހު ޕާޓީކޮށް މަސްތުވާތަކެތި ބޭނުން ކުރަނިކޮށް ހައްޔަރު ކުރި އާރްޔަން ކަފާލާތުގެ ދަށުން މިނިވަން ނުކޮށް ޖެހި ބަންދުގެ މުއްދަތު މިއަދު ހަމަވާނެ އެވެެ.

ޝާރުކް ފިލްމުތަކުގެ މަސައްކަތްތައް ހުއްޓާލަން ޖެހުމުން އޭނާ ފިލްމުތަކަށް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ. އެއީ ކޯވިޑާއި ހެދި ފިލްމުތަކުގެ މަސައްކަތް ލަސްވެފައި އޮތުމަށް ފަހު އަލުން މަސައްކަތް ފެށިފަ ވަނިކޮށް އަނެއްކާ ހުއްޓާލަން ޖެހުމުންނެވެ.

އެހެންވެ ޝާރުކް ނެތަސް އޭނާގެ ބޮޑީ ޑަބަލް ބޭނުންކޮށްގެން ފިލްމުގެ ޝޫޓިން ނިންމަން ވަނީ ނިންމާފަ އެވެ. އެގޮތުން މިހާރު މަޝްހޫރު ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ކުރިޔަށް އޮތް ފިލްމުގައި ވަނީ ޝާރުކްގެ ބޮޑީ ޑަބަލް ބޭނުން ކުރަން ފަށާފަ އެވެ.

އެ ފިލްމުގައި ޝާރުކްގެ ބޮޑީ ޑަބަލްގެ ގޮތުގައި ފިލްމު ކުޅެނީ ޕްރަޝާންތް ވަލްޑޭއެވެ. އޭނާ ދުރުން ބަލާލާއިރު ކޮންމެސް ވަރަކަށް ޝާރުކް އާއި ވައްތަރު އިރު އޭނާ ކުޅޭނީ މޫނު ނުފެންނަ ހުރިހާ ސީން އެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ފިލްމުގެ ބޮޑު ބައި މިހާރު ޝާރުކް އާއި އެކު ޝޫޓް ކޮށް ނިމިފަ އެވެ. ބޮޑީ ޑަބަލް ބޭނުންކޮށްގެން ފިލްމު ޝޫޓިން ނިންމާލަން ނިންމީ އެހެންވެ ކަމަށްވެ އެވެ.

އެ ފިލްމުގައި ބޮޑީ ޑަބަލް ބޭނުން ކުރި ނަމަވެސް ދީޕިކާ ޕަދުކޯން އާއި އެކު ޝާރުކް ހާން ކުޅޭ ފިލްމު "ޕަތާން" ގެ ޝޫޓިން ވަނީ މިއަދު ކޯޓުން ވަކި ގޮތެއް ނިންމަންދެން މަޑު ޖައްސާލާފަ އެވެ. އެ ފިލްމުގެ ޝޫޓިންއަށް ކްރޫ މިމަހުގެ 10 ވަނަ ދުވަހު ސްޕެއިންއަށް ފުރަން އޮތީ ހަމަޖެހިފަ އެވެ.

ރަހުމަތްތެރިންނާއި އެކު ޕާޓީ ކުރަނިކޮށް އާރްޔަން ހައްޔަރު ކުރި އިރު އޭނާ އަތުން މަސްވާތަކެތީގެ ބާވަތެއް ކަމަށްވާ 13 ގްރާމް ކޮކެއިން އާއި 21 ގްރާމް ކެނަބިސް ފެނިފައިވެ އެވެ. އާރްޔަންގެ ގާނޫނީ ވަކީލު ބުނެފައިވަނީ އެ ވަރަކީ އިންޑިއާގެ ގާނޫނުތަކުގައި ބުނާގޮތުން އޭނާއަށް ދައުވާ ކުރެވޭނެ މިންވަރަކަށް ނުވާތީ މިއަދު އޭނާ ބަންދުން ދޫކޮށްލަން މަޖުބޫރު ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް