ޔޫއެފާ ނޭޝަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ފްރާންސް އަދި ބެލްޖިއަމް މިރޭ ބައްދަލުކުރާނެ

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗުގައި ދުނިޔޭ ގެ ޗެމްޕިއަން ފްރާންސް އާއި ބެލްޖިއަމް މިރޭ ބައްދަލުކުރާނެއެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިޓަލީ އާއި ސްޕެއިނ...

07 Oct 2021 | 02:53

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗުގައި ދުނިޔޭ ގެ ޗެމްޕިއަން ފްރާންސް އާއި ބެލްޖިއަމް މިރޭ ބައްދަލުކުރާނެއެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިޓަލީ އާއި ސްޕެއިން ރޭ ވާދަކުރާއިރު، މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރަުކުރީ ސްޕެއިނުންނެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ނޭޝަންސް ލީގު ސެމީގެ ދެވަނަ މެޗުގައި ފްރާންސް އަދި ބެލްޖިއަމް ބައްދަލުކުރާ މެޗު ކުޅޭނީ ޔުވެންޓަސްގެ އޭލިއަން އެރީނާ ސްޓޭޑިއަމްގަ އެވެ.

ފްރާންސް އާއި ވެލްޖިއަމް ވަނީ ފުޓްބޯޅައިގެ ތާރީހުގައި 74 ފަހަރު ވާދަކޮށްފަ އެވެ. އޭގެތެރެއިން ފްރާންސް 25 މެޗުން މޮޅުވިއިރު ބެލްޖިއަމް ވަނީ 30 މެޗުން މޮޅުވެފަ އެވެ. އެއްވަރުވެގެން ނިމުނީ 19 މެޗެވެ. މިދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައެވެ. މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ފްރާންސްއެވެ.

މި މުބާރާތުގައި ކުޅެން ހަމަ ޖެހިފައިވާ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުގެ ކުޅުން އެއްވަރުވެގެން ނިމިއްޖެ ނަމަ އިތުރު ވަގުތުގެ ދެ ހާފު ކުޅޭނެ އެވެ. އެއަށް ފަހު ދެޓީމު އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު ތިން ވަނަ ހޮވާ މެޗުގައި 90 މިނެޓު ނިމޭއިރު ދެ ޓީމު އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރޭނީ ސީދާ ޕެނަލްޓީ ޖަހައިގެންނެވެ.

ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޯޗުގަލް އެވެ. ޕޯޗުގަލްގެ އިތުރުން އެ އަހަރު ފައިނަލް ބުރުގައި ވާދަކުރި ސްވިޒަލެންޑާއި އިންގްލެންޑް އަދި ނެދަލެންޑްސް އަށް މިފަހަރުގެ ފައިނަލް ބުރުން ފުރުސަތެއް ނުލިބުނެވެ. ޔޫއެފާ އިން ނޭޝަންސް ލީގު ތައާރަފްކުރީ ކުރިން ކުޅެމުން އައި ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ މެޗުތައް ވާދަވެރި މެޗުތަކަކަށް ބަދަލުކުރުމުގެ ގޮތުންނެވެ.

ފްރާންންސްއާއި ބެލްޖިއަމް ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން 11:45 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް