އައްޑޫ މާރާމާރީއާ ގުޅުން ހުރި ބަޔަކު ފިލާ ތިއްބަ ހައްޔަރުކޮށްފި

އައްޑޫ ސިޓީ މަރަދޫގައި ރޭ ހިންގި މާރާމާރީ އާއި ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފަހުން ހައްޔަރު ކުރީ ފަސް މީހުން ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ފޭދޫ ގެ...

07 Oct 2018 | 18:13

އައްޑޫ ސިޓީ މަރަދޫގައި ރޭ ހިންގި މާރާމާރީ އާއި ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފަހުން ހައްޔަރު ކުރީ ފަސް މީހުން ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ފޭދޫ ގެއެއްގެ ތެރޭގައި ފިލާ ތިއްބަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 17، 18، 20، 21 އަދި 22 އަހަރުގެ މީހުންނެވެ.

އެ މައްސަލައިގަ މިއަދު ކުރިން ވަނީ 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައި އެވެ. އޭނާ ހައްޔަރު ކުރީ ފިލައިގެން ހުޅުމީދޫއަށް ދިޔަތަނުން ކޯޓު އަމުރެއްގެ ދަށުންނެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ އުމުރުން 22 އަހަރުގެ މުހައްމަދު އީވާން އެވެ. އޭނާގެ ކަރަށާއި ބޮލަށް އަދި ބުރަކައްޓަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީފައި އެވެ. އޭނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި އެވެ.

މި މާރާމާރީގައި އިތުރު އެހެން މީހަކަށް ވެސް އަނިޔާވި އެވެ. އެކަމަކު އެ އަނިޔާތައް އެހާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް