އައްޑޫ ސިޓީ މަރަދޫގައި ރޭ މާރާމާރީ ހިންގާ ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައިގަ ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ،
އެ މާރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 22 އަހަރުގެ މުހައްމަދު އީވާން އެވެ. އޭނާގެ ކަރަށާއި ބޮލަށް އަދި ބުރަކައްޓަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީފައި އެވެ. އޭނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގަ ހައްޔަރު ކުރީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ފިލައިގެން ހުޅުމީދޫއަށް ދިޔަތަނުން ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މާރާމާރީގައި އިތުރު އެހެން މީހަކަށް ވެސް އަނިޔާވި އެވެ. އެކަމަކު އެ އަނިޔާތައް އެހާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ މާރާމާރީ ހިނގީ ދެ ގްރޫޕެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް