ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވަކި ފޮށިތަކުގެ ނަތީޖާ، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢުކޮށްފިއެވެ.
ޝާއިޢުކޮށްފައިވާކަން އިލެކްޝަންސް އިން ހާމަކޮށް ޓްވީޓްކޮށްފައިވާއިރު ވަކި ފޮށިތަކުގެ ނަތީޖާ ލިންކްވެސް ޓްވީޓްކޮށްފައިވެއެވެ.
ވަކި ފޮށިތަކުގެ ނަތީޖާ މިއަދު އިލެކްޝަންސްގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާއިރު އެކަން ލަސްވެގެން ސޯޝަލް މީޑިއާގައި ކޮންމެވެސް ވަރަކަށް ވާހަކަދައްކާފައިވެއެވެ.
https://twitter.com/ElectionsMv/status/1048914972888031235
ވަކި ފޮށިތަކުގެ ނަތީޖާ ޝާއިޢުކޮށްފައިވާއިރު ނިމިދިޔަ އިންތިޚާބުގައި ވޯޓު އޮޅުވާލިކަމުގެ ތުހުމަތު، ބަލިވި ކެނޑިޑޭޓް ކަމުގައިވާ ރައީސް ޔާމީނަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ނެރުނު އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް