އޭސީސީގެ އެންގުމަށް ބެލުމެއްނެތި ގޯތި ފޯމު ދޫކުރުން ކުރިއަށް

ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން ނިންމި ނިންމުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެންގުމުންވެސް އެ އެންގުމަށް ބެލުމެއްނެތި ހައުސިން މިނިސްޓްރީނ...

07 Oct 2018 | 12:38

ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން ނިންމި ނިންމުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެންގުމުންވެސް އެ އެންގުމަށް ބެލުމެއްނެތި ހައުސިން މިނިސްޓްރީން ފޯމު ދޫކުރަން ފަށައިފިއެވެ.

ފޯމު ދޫކުރަން ފަށާފައިވަނީ ހަވީރު 04:30 ހާއިރުގައެވެ. ފޯމު ނެގުމަށް ހައުސިން މިނިސްޓްރީ ގޯތިތެރޭގައި ގިނަ ބަޔަކު ކިޔު ހަދާފައިވާއިރު ހައުސިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށްވެސް އެ ފޯމު ޑައުންލޯޑް ކުރެވެއެވެ.

ދޫކުރަން ނިންމާފައިވަނީ 1000 އަކަފޫޓުގެ 400 ގޯއްޗެވެ.

އެކަން ހުއްޓާލުމަށް އަންގައި އޭސީސިން މިއަދު ބުނެފައިވަނީ ހުޅުމާލޭން 400 ގޯތި ދޫކުރަން ހުޅުވައިލި ފުރުސަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތައް ބެލި އިރު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވިފައިވާތީ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވަކި ގޮތެއް ނިންމަންދެން މަޑުޖައްސާލުމަށެވެ.

ހުޅުމާލެ އިން ވިއްކާ 400 ގޯއްޗަށް ފައިސާ ދެއްކުމަށް ވެސް ސަރުކާރުން ނިންމާފައި ވަނީ އެއްފަހަރާ ފައިސާ ނުދެއްކޭ މީހުން ޑައުންޕޭމަންޓުގެ ގޮތުގައި 25،000ރ. ދައްކައި 10 އަހަރަށް ބަހާލައިގެން ބާކީ ބައި ދެއްކޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް