އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް، ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދުއާއި ބައްދަލު ކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ ޝަހީދު ހުޞައިން އާދަމް ބިލްޑިންގގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ދެއްކެވި ވާހަކަފުޅުގައި، ވެރިކަން ބަދަލުވަމުންދާ މިމަރުޙަލާގައި މާލެއާއި އަތޮޅުތެރޭގެ އަމަންއަމާންކަން ބެލެހެއްޓުމަށް ފުލުހުންގެ ފަރާތުން ކުރަންޖެހޭ އެންމެހާ ކަންކަން ޕްރޮފެޝަނަލް ކަމާއިއެކު ކުރިއަށް ގެންދިއުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާކަމުގައި ފުލުހުން މައުލޫމާތުދެއެވެ.
މިބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އެދިވަޑައިގެންނެވި ފަދައިން މާލެއާއި އަތޮޅުތެރޭގެ އަމަންއަމާންކަން ބެލެހެއްޓުމަށް ފުލުހުންގެ ފަރާތުން ކުރަންޖެހޭ އެންމެހާ ކަންކަން ޕްރޮފެޝަނަލް ކަމާއިއެކު ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި، އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ އިތުރުން އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމްއާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ޢަބްދުﷲ ރިޔާޒްއާއި އަދި މުޙައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް