އިނގިރޭސި ސަރުކާރުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް ފޮރިން އެންޑް ކޮމަންވެލްތު މާކް ފީލްޑް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ އިބޫގެ ކެމްޕެއިން އޮފީހުގައި އެވެ. މާކް ފީލްޑަކީ އިބޫ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވުމާއި ގުޅިގެން އޭނާއަށް މަރުހަބާ ދެންނެވުމަށް އިނގިރޭސި ސަރުކާރުން ކަނޑައެޅުއްވި ހާއްސަ މަންދޫބެވެ.
އޭނާގެ މިޒިޔާރަތުގައި ރާއްޖެ އާއި ސްރީލަންކާއަށް އެ ގައުމުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ދެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.
މި ދެބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން ސެކްރެޓަރީ އަހުމަދު ޝަހީރެވެ.
އަވަށްޓެރި ސްރީލަންކާގެ ރައީސް މައިރިތިޕާލަ ސިރިސޭނަގެ ފަރާތުން ވެސް ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިދިކޮޅު ސިޔާސީ ލީޑަރުންނާ އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ރާއްޖޭގައި ބޭއްވި، ރިޔާސީ އިންތިހާބު ބޭރުގެ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން މިހާރު ވަނީ
ބަލައިގެންފަ އެވެ. އަދި އިބޫއަށް ގައުމުތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް