ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ރާއްޖެއަށް ކުރަމުންދަ ވިއްސާރައިގަ މިއަދުވެސް ވައި ގަދަވެ، ކަނޑު ގަދަވެ އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާއިން ލަފާ ކުރާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ކުރާނެ އެވެ. މެޓް އޮފީހުން ކުރިން ބުނީ އިއްޔެއިން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިއަދު ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، މެދުތެރޭގެ އަތޮޅުތަކުގައި ގަޑިއަކު 20 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އެހެން ހިސާބުތަކުގައި ގަޑިއަކު 15 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.
ވިލާގަނޑުގައި ގާތްގަޑަކަށް 45 މޭލާ 50 މޭލާއި ދެމެދުގެ ބާރު މިނަކަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި އުދަ އެރުމުގެ ފުރުސަތު އޮތީ ދެކުނާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށެވެ.
މީގެ އިތުރުން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާ ކުރެ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އާންމުންނަށާއި ކަނޑު ދަތުރު ކުރާ ފަރާތްތަކަށް އިލްތިމާސް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް