ރޯހިތް ޝެޓީ ޑައިރެކްޓު ކުރާ ފިލްމު "ސިމްބާ" ގައި އަޖޭ ދޭވްގަންގެ ބައެއް ހިމަނައިފި އެވެ.
މި ފިލްމުގައި ލީޑްރޯލުން ފެނިގެންދާނީ ރަންވީރު ސިންގ އާއި ސާރާ އަލީ ހާން އެވެ. ކުއްލި ގޮތަކަށް އަޖޭ ފިލްމުގައި ބައިވެރި ކުރަން ނިންމި ނަމަވެސް އޭނާގެ މާބޮޑު ބައެއް ނުފެންނާނެެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގައި އަޖޭ ފެނިގެންދާނީ ކުޑަ ރޯލަކުން ހާއްސަ ފެނިލުމަކުން ކަމަށެވެ. އެއީ މީހަކު ވަރަށް ސަޕޯޓު ކުރާ މީހެއްގެ ރޯލުންނެވެ. ބެލެވޭ ގޮތުގައި އެ ފިލްމުގައި އަޖޭ ވާނީ ރަންވީރު ތާއީދު ކުރާ މޮޅު މީހަކަށް ކަމަށެވެ.
މި ފިލްމަކީ ފުލުހުންގެ ދައުރަށް ތައްޔާރުކުރަމުންދާ ފިލްމެކެވެ. މިއީ ޓެލަގޫ ފިލްމެއްގެ ރިމޭކެވެ.
މި ފިލްމުގައި އަޖޭ ހިމަނަން ނިންމީ ފުލުހެއްގެ ގޮތުގައި ލީޑްރޯލުން އަޖޭ ފެނިގެން ދިޔަ ފިލްމު "ސިންގަމް" އާއި ސިންގަމް ރިޓާން" އަށް ލިބުނު ބޮޑު ކާމިޔާބާއި ގުޅިގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ދެ ފިލްމަކީވެސް ރޯހިތު ޝެޓީ ޑައިރެކްޓު ކުރި ފިލްމެވެ.
ފިލްމު "ސިމްބާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް