ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ ޕީޕީއެމްއިން މަދު ބަޔަކާއި އެކު ކޮ ންމެ ރެއަކު ކުރަމުންދާ މުޒާހަރާގެ ތެރެއިން ރޭ މީހެއްގެ ބޯ ފަޅާލައިފި އެވެ.
ޕީޕީއެމްއިން ބުނީ އެ ޕާޓީގެ ހަރަކާތްތަކުގައ އިސްކޮށް ހަރަކާތްތެރިވާ ސޫދާ ނަމަކަށް ކިޔާ އެމީހާގެ ބޯ ފަޅައިގެން ދިޔައީ ސައިކަލެއްގައި ދިޔަ ދެމީހަކު އެއްލި ގާބުރިއަކުން ކަމަށެވެ. އެ ސައިކަލު އައީ ބޮޑުތަކުރުފާނު މަގު އެމްޑީޕީ ހަރުގެ އާއި ދިމާލުން ކަމަށް ބުނެ އެވެ.
މީގެ ކުރިން ޕީޕީއެމްގެ ރުމާލު ދޭއް ޖަގަހައިގަ ރޯކޮށްލުމުންވެސް ޕީޕީއެމްއިން ވަނީ އެއީ ކޮންބައެއް ކުރި ކަމެއްތޯ ބެލުމެއް ނެތި އެިދިކޮޅު ފަރާތްތަކުގެ ބޮލުގައި އެކަން އަޅުވާފައި އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ވަނީ ސިޔާސީ ފަރާތްތަކުން ހިންގާ ކެމްޕެއިން ހަރަކާތްތަކަށް ހުރަސް އެޅުން ކުށްވެރި ކުރާ ކަމަށް ބުނެފައި އެވެ.
ޕީޕީއެމްއިން ކޮންމެ ރެއަކު އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ބާއްވާ މުޒާހަރާތަކުގައި ބައިވެރިވަނީ 40 ށް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް