ކާޑެއްދޫ އެއާޕޯޓުން ނައްޓާލި މޯލްޑިއަން ފްލައިޓެއްގެ އިންޖީނަށް މައްސަލައެއް ދިމާވުމުން އެ އެއާޕޯޓުގައި އަނބުރާ ޖައްސައިފި އެވެ.
މި ހާދިސާއާއިބެހޭގޮތުން މޯލްޑިވިއަންގެ ބަހެއް ހޯދާލަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ވަރުގެ އަނިޔާއެއް ލިބިފައި ނުވާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ނައްޓާލިފަހުން މަތީގައި އޮއްވަ އެވެ. އަލިފާނުގެ އަސަރު ނުފެނުނު ނަމަވެސް ފްލައިޓްގެ ކެބިން ތެރެއިން 15 ވަރަކަށް މިނެޓް ވަންދެން ދުން އެރިކަމަށް މައުލޫމާތު ލިބިފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް