ހޯދަން އިއުލާނުކުރި މީހާ ފުލުސް އޮފީހަށް ހާޒިރުވެއްޖެ

ވެރިފަރާތަށް ނޭންގި މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމުގެ ތުހުމަތުގައި ފުލުހުން މިއަދި ހޯދަން އިއުލާނުކުރި މީހާ ފުލުސް އޮފީހަށް ހާޒިރުވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެ...

07 Oct 2015 | 15:26

ވެރިފަރާތަށް ނޭންގި މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމުގެ ތުހުމަތުގައި ފުލުހުން މިއަދި ހޯދަން އިއުލާނުކުރި މީހާ ފުލުސް އޮފީހަށް ހާޒިރުވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަރު ވިދާޅުވީ ހޯދަމުންދިޔަ މީހާ ފުލުސް އޮފީހަށް ހާޒިރުވީ މިރޭ އިރާކޮޅު ވަގުތެއްގައި ކަމަށެވެ.

މިމީހާ ހޯދަން މިއަދު ފުލުހުން އިއުލާނުކުރި ނަމަވެސް މީހެއްގެ އެކައުންޓުން ލާރި ނެގީ ކޮން ދުވަހަކު ކަމެއް އަދި ނަގާފައިވަނީ ކިހާ ލާރިއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް