މި މީހާ ދަންނަމުތަ؟ މީހެއްގެ އެކައުޓުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމުގެ ތުހުމަތަށް ހޯދާ މީހެއް

ވެރިފަރާތަށް ނޭންގި މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ. ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ މީހަކީ، ވެ...

07 Oct 2015 | 13:37

ވެރިފަރާތަށް ނޭންގި މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ މީހަކީ، ވެރިފަރާތަށް ނޭނގި އޭޓީއެމް މެދުވެރިކޮށް އެކައުންޓުން ގިނަ ޢަދަދެއްގެ ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވި ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. އަދި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މި މީހާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ މި މީހާ ހޯދުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް