އިމިގްރޭޝަން ކައުންޓަރުން ވައްކަންކުރި މައްސަލައިގާ މީހަކު ހައްޔަރުކޮށްފި

ހުރަވީ ބިލްޑިންގެ 03 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިމިގްރޭޝަން ޕާމިޓް އެންޑް ފޮރިން އެމްޕްލޯއިމަންޓް ޑިވިޜަންގެ ކައުންޓަރުގެ ވަތްގަނޑުގައިހުރި 450،00...

07 Oct 2015 | 07:14

ހުރަވީ ބިލްޑިންގެ 03 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިމިގްރޭޝަން ޕާމިޓް އެންޑް ފޮރިން އެމްޕްލޯއިމަންޓް ޑިވިޜަންގެ ކައުންޓަރުގެ ވަތްގަނޑުގައިހުރި 450،000 އަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 2015 އޮކްޓޯބަރ 06 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

2015 އޮކްޓޯބަރ 04 ވަނަ ދުވަހުގެ 12:30 ހާއިރު ހިނގި ވައްކަމުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 03 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް